ފައްޔާޒު އިސްމާއީލް

ކުދި ވިޔަފާރިއަކަސް ބޮޑުވިޔަފާރިއަކަސް ސަލާމަތެއްނެތް: ފައްޔާޒު

މުހައްމަދު އަލީ
ޖެނުއަރީ 5, 2026

ފާއިތުވި ދެއަހަރަށްވުރެ އެސްއެމްއީތަކަށް ތަދު، އެހާމެ ދަތި އަހަރުތަކެއް މިހާތަނަށް އައިސްފައި ނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވނީ ”ހުރިހާ ޕްރޮޖެކްޓެއް ދެމުން އަންނަނީ އެސްއޯއީތަކާއި މުއިއްޒުގެ ގާތް ކުންފުނިތަކަށް. 2024 ގައި ހައްލުކުރަން ބުނި ޑޮލަރު މައްސަލަ ހައްދުން ނެއްޓި މިއަދު އެސްއެމްއީތަކުން ޑޮލަރު ގަންނަން ޖެހިފައިވަނީ 20ރ. އަށްވުރެ ބޮޑުކޮށް،“ އޭނާ ވިދާޅުވެފައިވެއެވެ.

ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ބިލުތަކަށް ފައިސާ ދޫކުރަނި ބޮޑު ބައެއް ކަޓުގެ ގޮތުގައި ދޭން އެއްބަސްވުމުން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

”އެސްއެމްއީ ހަބު ބަންދުކޮށް އެތައް ވިޔަފާރިއެއް މަގުމަތުކޮށްފި. އެސްޑީއެފްސީ ބީއެމްއެލްގެ ޑިޕާޓްމަންޓަކަށް ބަދަލުކޮށް ކުދި ވިޔަފާރިތަކަށް ލޯނު ހޯދަން ދަތިކޮށްފި. ސަރުކާރުން ދައްކާ މަންޒަރާއި އިގުތިސާދީ ހަގީގަތާ ނުބައްދަލުވެ، އެތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނެއް އެދަނީ ހަލާކުވެގެން،“

ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރަށް ކަމެއް ނުކުރެވޭތާ ދިވެހިންގެ މޫނުމަތީ ދޮގުއެތިފަހަރު ފަހަރުން އިރުއިރުކޮޅާ ޖެހުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ”ސަޅިބައިސާ ކެނޑުމުގައި މުޅި ދައުރު ހޭދަނުކުރައްވައި ނަތީޖާ ދައްކަވާ. ކުދި ވިޔަފާރިއެކަންޏެއްނޫން ބޮޑު ވިޔަފާރިއަކަސް ސަލާމަތެއްނެތް،“

މި ލިޔުމާ ގުޅޭ