ތަރުތީބު ގެއްލިފައިވާ މާލެ ތަރުތީބު ކުރުން ޢަލީ ޢާޒިމަށް ޗެލެންޖެއް؟

މުހައްމަދު އަލީ
ޖެނުއަރީ 9, 2026

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓު ޢަލީ ޢާޒިމަށް އެ މަގާމް ލިބިއްޖެ ކަމަށްވާނަމަ މާލޭ ތަރުތީބު ކުރުމަކީ އޭނާގެ ވަރަށް މުހިންމު ލަނޑުދަނޑިއެކެވެ.

މާލޭގެ ހުރިހާ ކަމެއްހެން މިހާރުވަނީ ތަރުތީބު ގެއްލިފައެވެ. ޚާއްސަކޮށް މަގުތަކުގައި ތަރުތީބެއް ނެތެވެ. އަމާންކަން ވަނީ ގެއްލިފައެވެ. ހިނގާ މީހުންނަށް ރައްކާތެރިކަމެއް ނެތެވެ. ދުއްވާ މީހުންނަށް ރައްކާތެރި ކަމެއްނެތެވެ. މުދާބަލާ އަރުވާ މީހުންނަށް ހަމަޖެހުމެއްނެތެވެ. އޭނާ މޭޔަރު ކަމަށް ވަޑައިގަންނަވަނީ މިކަންކަން ހައްލުކޮށް މާލޭގައި އުޅޭ މީހުންނަށް ތަރުތީބު މާލެޔެއް ހޯދައިދިނުމަށެވެ.

މަގުތައް އަލުން ތަރުތީބު ކުރުމާއެކު ހިނގާމީހުންނށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ހިނގޭނޭ ގޮތެއް ހަދައިދިނުމަކީ އޭނާ އެންމެ އިސްކަން ދެއްވާނޭ އެއްކަމެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމާއި، އެ ޚިދުމަތް ބޭނުންކުރާ މީހުންނަށް ފަސޭހަ ނިޒާމެއް ޑިޖިޓަލްކޮށް ގާއިމް ކޮށްދިނުމަކީ ވެސް އޭނާގެ އަމާޒެކެވެ.

ޕާކް ކުރުމަށް ބޭނުންވާ ޚާއްސަ އިމާރާތްތައް ބިނާކޮށް މަގުމަތީގައި ޕާކުކުރުން މަދުކުރުމަށް މަސައްކަތް ކުރުމަކީ އޭނާގެ ތަސައްވުރުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ކަމެކެވެ.

ލޯޑިންނާއި އަންލޯޑިންނަށް ވަގުތުތަކެއް ގާއިމްކުރުމަކީ މާލޭގެ ހަލަބޮލި މަގުތަކަށް ހިމޭންކަމެއް ލިބި މީހުންނަށް ފަސޭހަވެގެންދާނޭ ކަމެކެމެކެވެ. ޢަލީ ޢާޒިމްގެ މޭޔަރު ކަމުގައި މިއީ އޭނާ ކުރައްވާނޭ ކަމެކެވެ.

މީގެ އިތުރުން ގާނޫނުން ސިޓީކައުންސިލަށް ލާޒިމް ކޮށްފައިވާ ވެހިކަލް ކެރީއިން ކެޕެސިޓީ ކަނޑައެޅައި ތަންފީޒު ކުރުމަކީ ޢަލީ ޢާޒިމްގެ މުހިންމު އެއް ކަމެކެވެ. އޭނާގެ މޭޔަރު ކަމުގައި މާލޭގައި ދިރިއުޅޭ މީހުންނަށްއޮތީ އުފާފާގަތިކަމެވެ. މުޅިންވެސް އޮތީ އުފާވެރި ޚަބަރުތަކެވެ. މިފަހަރު ޢަލީ ޢާޒިމް ނޫން އެހެން ޗޮއިސްއެއް ނެތެވެ.

މި ލިޔުމާ ގުޅޭ