އެމެރިކާގެ ދައްލާލު އަދި ޒަޔަނިސްޓުންނަށް ޖާސޫސްކޮށްދިން މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް އާންމުކުރި ލިޔެކިޔުންތަކުން އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވާ ކަމަށާއި، އޭގެ ބަދަލުގައި އެ ލިޔުންތަކުން އޭނާ ބަރީއަވާކަން ސާބިތުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕަކީ އުމުރު ހަމަނުވާ ކުދިން ގެންގުޅު ކަމަށް ތުހުމަތު ކުރެވޭ އެޕްސްޓީންގެ ފްރެންޑެކެވެ. އަދި ތިން ދޮޅަސް އަންހެނުން ރޭޕްކުރިކަމުގެ ކުށް ސާބިތުވެފައިވާމީހެއްވެސް މެއެވެ.
ވޮޝިންޓަނުން ފްލޮރިޑާއަށް ކުރެއްވި ދަތުރުފުޅުގައި އެއާފޯސް ވަން މަތިންދާބޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެޕްސްޓީންގެ ތަހުގީގާ ގުޅޭ 3 މިލިއަނަށްވުރެ ގިނަ އާ ލިޔެކިޔުންތައް އާންމުކުރުމަކީ ހަރުކަށި ވާތުފިޔައިގެ ހަރުކަށި ފަރާތްތަކުން އުއްމީދުކުރި ގޮތާ ދިމާ އިދިކޮޅު ނަތީޖާއެއް ފެނުނު ކަމެއް ކަމަށެވެ.
ޓްރަމްޕާ އިދިކޮޅު އެންމެންނަކީ އެނާ ސިފަ ކުރާ ކުރާ ގޮތުގައި ހަރުކަށި ވާތުފިޔައިގެ މީހުންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ލިޔެކިޔުންތައް އޭނާ އަމިއްލައަށް ބައްލަވާފައި ނުވި ނަމަވެސް، މުހިންމު ފަރާތްތަކުން އޭނާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ލިޔުންތަކުން އޭނާ ކުށެއް ނެތްކަން ވަރަށް ސާފުކޮށް ހާމަވެއެވެ. އަދި ނޫސްވެރިޔާ މައިކަލް ވުލްފް، އެޕްސްޓީންއާ ގުޅިގެން މަސައްކަތް ކުރީ ޓްރަމްޕަށް ސިޔާސީ ގޮތުން ގެއްލުން ދިނުމުގެ މަގުސަދުގައި ކަން މި ލިޔުންތަކުން އެނގޭ ކަމަށްވެސް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. މި މައްސަލައިގައި ވުލްފްއާ ދެކޮޅަށް އަދި ބޭނުންވެއްޖެ ނަމަ އެޕްސްޓީންގެ ތަރިކައާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
ޓްރަމްޕަކީ އަބުރު ދައުވާކުރަން ފަރިތަ މީހެކެވެ. އަދި އެއިން ފައިސާ ލިބިގަންނަ މީހެކެވެ.
އެމެރިކާގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި އާންމުކުރި ފައިލްތަކަކީ އެޕްސްޓީންގެ މައްސަލައިގައި ހާމަކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ލިޔެކިޔުންތައް ކަމަށެވެ. މީގެ ތެރޭގައި 3 މިލިއަނަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތަކާއި، 2،000 ވީޑިއޯ އަދި 180،000 ފޮޓޯ ހިމެނެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެކަމުގެ ބޮޑު ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ޖެފްރީ އެޕްސްޓީން ޖަލުގައި ދަންޖައްސާފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރު ނިއުޔޯކްގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައެވެ. މި މައްސަލައަކީ އެމެރިކާގެ ސިޔާސީ އަދި އިޖުތިމާއީ ދާއިރާގައި ބޮޑު ހަލަބޮލިކަމެއް އުފެދިފައިވާ މައްސަލައެކެވެ.






