ފެނަކައިން ފައިސާތަކެއް ގެއްލުނު މައްސަލައެއް ބަލަން ފަށައިފި

މުހައްމަދު އަލީ
ސެޕްޓެމްބަރ 26, 2024

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާތައް ގެއްލިފައިވަނީ އައްޑޫ ސިޓީގެ މަރަފޫފޭދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ބްރާންޗުންނެވެ.

ފެނަކައިން ބުނެފައިވަނީ އެ މައްސަލަ ބަލަމުން އަންނަނީ ފެނަކައިގެ އެތެރޭގެ ތަހުގީގަކުން ކަމަށާއި މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން ގެއްލިފައިވާ ކަމަށް ތުހުމަތު ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ގެއްލިފައިވަނީ 400،000 އަށްވުރެ ގިނަ ރުފިޔާއެވެ. އެ މައްސަލަ ތިލަވީ މި ހަފުތާ ތެރޭގައި ކަމަށްވެސް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ލިޔުމާ ގުޅޭ