އީރާނާއި ޙިޒުބުﷲ ޖައްސަން ހުޅަނގުގެ މީޑިއާއިން މަސައްކަތް ފަށައިފިއެވެ.
ފްރާންސްގެ ލޫ ޕެރީޒިއާން ނޫހުން ބުނެފައި ވަނީ، ޙިޒުބުﷲގެ ލީޑަރު ހަސަން ނަޞްރަﷲގެ ޙަރަކާތްތަކުގެ މަޢުލޫމާތު ދެމުން ދިޔައީ އިޒްރޭލަށް ޖާސޫސް ކޮށްދިން އީރާނު އިސް މީހެއް ކަމަށެވެ. އެމީހާ ހުކުރު ދުވަހު ބެއިރޫތަށް ދިޔައީ ޖަނާޒާއެއްގައި ބައިވެރިވާން ކަމަށާއި އެމީހާ ނަޞްރަﷲއާއެކު އެއް އުޅަނދެއްގައި ދަތުރުވެސް ކުރި ކަމަށެވެ.
ލޫ ޕެރީޒިއާން އިން ބުނެފައި ވަނީ ނަޞްރަﷲއާއި އެހެން ލީޑަރުން 30 މީޓަރު އަޑީގެ ބިންގަރާހުގައި ތިއްބައި ޙަމަލަ ދިނީ އެމީހާ އެތާގައި ހުރެގެން ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ދޭތެރެ ޖެއްސުމުގެ މިފަދަ ރިޕޯޓުތައް މީޑިއާގައި އިންދުމަކީ އާދަވެގެން އިޒްރޭލުން ކުރާ މަސައްކަތެކެވެ.






