އެމެރިކާގެ ބައެއް އޮފިޝަލުން އީރާނަށް ބިމުން އަރައިގަތުމަށް ރާވާފައިވާ ކަމުގެ ވާހަކަތައް ދައްކައި، އީރާނަށް އިންޒާރު ދެމުންދާ މިދަނޑިވަޅުގައި، އަލީ ލާރިޖާނީ ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އީރާނުގެ ހިތްވަރުގަދަ ދަރިން، އިމާމް ޚުމޭނީ އާއި އިމާމް ޚާމަނާއީގެ ތަބާއިން ތިބީ އެފަދަ ވަގުތަކަށް ނުހަނު ކެތްތެރިކަމާއެކު އިންތިޒާރު ކޮށްގެންނެވެ. އަހަރެމެންގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލައި، މުސްލިމުން އަޅުވެތިކޮށްގެން ތިބި އެ ނުބައި އެމެރިކާގެ ކިބައިން ބަދަލު ހިފުމަށް މުޅި އީރާނު މިއޮތީ ސާބިތު ޢަޒުމެއްގައެވެ.
އީރާނުގެ މުޤައްދަސް ބިމަކީ ބޮޑު ޝައިޠާނާ އާއި އެސޫރައިގައި އުޅޭ ޝައިޠާނުން ނަށާން އޮތް ތަނެއް ނޫނެވެ. މިއީ ސާބިތުކަމާއެކު ދީނާއި ވަޠަނުގެ ދިފާޢުގައި ތެދުވާނެ ފަހުލަވާނުންގެ ބިމެކެވެ!






