އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް މަރުގެ ވަރުގަދަ އިންޒާރު އީރާނުން އަލުން ދީފިއެވެ.
އީރާނުގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ ވަނީ ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފައެވެ.
އީރާނުގެ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ޖަރީމާގައި ބައިވެރިވި އެންމެންނަށް އިންސާފު ގާއިމުކުރެވި، އޭގެ ހައްގު އަދަބު ލިބެންދެން އީރާނުން ފަހަތަކަށް ނުޖެހޭނެއެވެ. މިއީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި ކުރެވޭނެ މަސައްކަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ދިން މި އިންޒާރަކީ ޓްރަމްޕަށާއި އޭނާގެ ސަރުކާރުގެ އިސްވެރިންނަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.






