ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިޤްބާލް ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރުއެވެ. އޭނާ ފެނިފައިވަނީ ރ. އަލިފުށީ ކައިރީގައި އޮތް ބޮއެއްގެ ކައިރިން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ގެއްލެން ދިމާވި ސަބަބަކީ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓުމެވެ. އޭނާ ފެނިފައިވަނީ، ހޯދުމަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ.
އިގްބާލް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މާރޗު ބާރަވަނަދުވަހުގެ ރޭގައެވެ. އެފަހުން އޭނާ ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.






