މާލެ، މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ ސ. ހުޅުދޫ މީހެކެވެ. އެއީ އެރަށު ތޯތާޕަރީ މުޙައްމަދު ނިޒާރު (54އ) ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެގޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނުކަން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު 13:01 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






