އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާ ދީފައިވަނީ އީރާނުގެ ޗަބަހާރް ފްރީ ޓްރޭޑް ޒޯން ކައިރީގައި ހުންނަ ފަރުބަދައަކާ އިންވެގެން ހުރި އަސްކަރީ މަރުކަޒުތަކަށެވެ. އެހެންނަމަވެސް މިހަމަލާ ދީފައިވަނީ ކިތައް މަރުކަޒަށް ކަމެއް ބުނެފައެއް ނުވެއެވެ.
މިހަމަލާގައި އެއްވެސް މީހަކު މަރުވި ކަމެއް އެނގިފައެއް ނުވެއެވެ. އަދި މީހަކު ޒަޚަމްވި ކަމެއް ވެސް އެނގިފައެއް ނުވެއެވެ. އެމެރިކާއި އިޒްރޭލުންދަނީ ކެނޑިނޭޅި އީރާނަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ބުނެފައިވަނީ އެގައުމުން ހަމަލާދޭން ބޭނުންވާ ހާހަކަށްވުރެ ގިނަތަންތަން އަދިވެސް އީރާނުގައި އެބަހުރި ކަމަށެވެ.
މި ހަމަލާއަށްފަހު ބާރުގަދަ ގޮވުން ތަކެއް އެސަރަހައްދުން އަޑުއިވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗަބަހާރް ފްރީ ޓްރޭޑް ޒޯން އޮންނަނީ އީރާނުގެ އިރުމަތީ ދެކުނުގައި އޮންނަ ސިސްތާނާއި ބަލޫޗިސްތާން ޕްރޮވިންސްގަ އެވެ.






