ތެލާއި ގޭހަށް ބަރޯސާ ވުމުގައި އީރާން ހަނގުރާމައިން ފިލާވަޅެއް ލިބިއްޖެ: އދ.ގެ ކްލައިމެޓް ޗީފް

އަހުމަދު މުހައްމަދު
މާރޗް 16, 2026

އީރާން ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ ބާޒާރަށް ވަނީ އިންތިހާއަށް ނުރައްކާވެފައެވެ. އޭގެ ސަބަބުން ލިބިގެންދިޔައީ ބޮޑު ފިލާވަޅެއް ކަމަށާއި އެކަން އީޔޫގެ ގައުމުތަކަށް އަންގާނޭ ކަމަށް އދ.ގެ ކްލައިމެޓް ސެކްރެޓަރީ ވިދާޅުވެއްޖެއެވެ.

މެދުއިރުމައްޗާ ކިތަންމެ ދުރުގައި އޮތަސް ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވެގެން ދިއުމުން އެކަމުގެ ދަތިކަން އީޔޫއަށް ވެސް ވަނީ ފޯރައިފައެވެ. ހަނގުރާމައަށް ދެ ހަފްތާވެގެން ދިޔައިރު ޔޫރަޕްގައި ގޭހުގެ އަގު ވަނީ 50 ޕަސެންޓް އުފުލިފަ އެވެ.

ޔޫރަޕުގެ ގައުމުތަކަކީ އެހެން ބޮޑެތި އިގުތިސާދުތަކަށްވުރެ ބޮޑަށް ފޮސިލް ފިއުލް އިމްޕޯޓަށް ބަރޯސާވާ ގައުމުތަކެއް ކަމަށް ޔޫއެންއެފްސީސީސީގެ އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓިލް ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު ބޮޑުވެގެންދިއުމުން ގައުމީ ސަލާމަތާއި ސިޔާސަތަށް ވެސް ނުރައްކާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އީޔޫ އިން ބޭނުންކުރާ ތެލުގެ 90 އިންސައްތަ އަކީ އިންޕޯޓުކޮށްގެން ބޭނުން ކުރާ އެއްޗެކެވެ. އަދި ގޭހުގެ 80 އިންސައްތަ ބޭނުން ކުރަނީ އިމްޕޯޓް ކޮށްގެންނެވެ. މި މައްސަލާގައި އީޔޫ ލީޑަރުން ގެންދަވަނީ ކަސްޓަމަރުންނަށް މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި 2022 ވަނަ އަހަރު ޔޫރަޕަށް ކުރިމަތިވި ހަކަތައިގެ ކާރިސާ ތަކުރާރުވިޔަ  ނުދިނުމަށް ވެސް ލީޑަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *