އީރާނަށް މިހާތަނަށް ކުރިމަތިވާނޭ އެންމެ ނުރައްކާތެރި ހަމަލާ މިއަދު

އަހުމަދު މުހައްމަދު
މާރޗް 20, 2026

އީރާނަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ހަމަލާ މިއަދު ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ސެކްރެޓަރީ އޮފް ވޯރ ޕީޓް ހެގްސެތު އިންޒާރުދީފައެވެ.

އީރާނަށް ހަމަލާދީ މިހަނގުރާމަ ފުރަތަމަދުވަހު ވެސް ބުނިގޮތަށް ކާމިޔާބުކުރާނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުގެ 7000 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާ ދީފައިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދުވަހަކަށްވުރެ ދުވަހެއް އެމެރިކާ ސިފައިން ހަނގުރާމައިގައި ދައްކަމުންދަ ގާބިލްކަން ދަނީ އިތުރުވަމުންނެވެ. އެއާއެކު އީރާނުގެ ހާލަތު ދަނީ ދަށްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އިސްރާއީލުގެ މިފަދަ ވާހަކަތައް ގަބޫލު ނުކުރުމަށް އީރާނުންވަނީ އެދިފައެވެ. ހުރިހާ މުސްލިމުން މިހާލަތުގައި އިރާނާއެކު ތިބުންވަރަށް މުހިންމު ކަމަށް އީރާނުންވަނީ ބުނެފައެވެ. ހަނގުރާމަކޮށް ވަރަށް އަވަހަށް ނަސްރު ލިބޭނޭ ކަމަށް ވެސް އެގައުމުން ވަނީ ބުނެފައެވެ.

ހެގްސެތު ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ ސިފައިންނަށް އިރާނުންދިން ބެލެސްޓިކް މިސައިލް ހަމަލާތަކުގެ އަދަދު މިހާރުވަނީ 90 ޕަސެންޓަށް މަދުވެފައިކަމަށެވެ. މިއީ އީރާނުގެ އަސްކަރީ ގާބިލްކަން ކަމީނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”އީރާނުގެ ވައިގެ ދިފާއީ ނިޒާމް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައި. އީރާނުގެ ދިފާއީ ސިނާއީ މަރުކަޒާއި، ފެކްޓަރީތަކާއި، މިސައިލް އަދި ޑްރޯން ޕްރޮގްރާމްތަކަށް ކާން ދޭ ޕްރޮޑަކްޝަން ލައިންތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި،“ އޭނާ ވިދާޅުވިއެވެ. އެމެރިކައިން ވަނީ އީރާނުގެ 120 އަށް ވުރެ ގިނަ އުޅަނދު ހަލާކުކޮށްލާއިފައި ކަމަށާއި އެގާރަ ސަބްމެރިންވެސް ހަލާކުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އީރާނުގެ އަސްކަރީ ބަނދަރުތައް ވަނީ ހަލާކުވެފައި ކަމަށް ހެގްސެތު ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *