ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އެއިން ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި ހަދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މާރިޗު 19 ވަނަ ދުވަހުގެރޭ ދަންވަރު 1:15 އެހައިކަންހާއިރު ކަމަށެވެ.
މިލޯންޗުން 7 މީހަކު ދަތުރުކުރިކަމަށް ފުލުހުން ވިދާޅުވިއެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި، އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ 5 މީހުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ވިިދާޅުވިއެވެ. މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން،“ ފުލުހުން ވިދާޅުވިއެވެ.






