އިސްރާއީލުގެ ހަތިޔާރު އުފައްދާ ފެކްޓަރީއެއްގައި ރޯކޮށްލައިފި

އަހުމަދު މުހައްމަދު
މާރޗް 20, 2026

ޗެކް ރިޕަބްލިކްގައި ހުންނަ އިޒްރޭލުގެ ހަތިޔާރު އުފައްދާ ކުންފުނި އެލްބިޓް ސިސްޓަމްސް އާ ގުޅުން ހުރި ފެސިލިޓީއެއްގައި ރޯކޮށްލައިފި އެވެ. މިކަންކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މިހާދިސާގައި އެސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯވެފައެވެ. މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ”ދަ އަރތުކުއޭކް ފެކްޝަން“ ކިޔާ ގުރޫޕަކުންނެވެ. އެ ޖަމާއަތުން ބުނެފައިވަނީ މީހުން މަރަން ބޭނުންކުރާ ވަސީލަތްތައް ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނޭ ކަމަށް ވެސް އެޖަމާއަތުން ވަނީ ބުނެފައެވެ.

އެތަނަކީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއާއި އީރާނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރު ސަޕްލައިކޮށްދޭ އެންމެބޮޑު އެއްކުންފުންޏެވެ. މިތަނުން އުފައްދާ ހަތިޔާރުގެ ތެރޭގައި އެއްގަމާއި ވައިގެ މަގުން ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރު ވެސް ހިމެނެއެވެ.

ޗެކް ރިޕަބްލިކްގެ ފުލުހުން ބުނެފައިވަނީ މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް އެގައުމުގެ ފުލުހުން މިހާރުވަނީ ވަށައިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *