ދޫނީގެ ވާހަކަ: ސާމަރާދޫނީގެ ޠަބީޢަތް

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މާރޗް 22, 2026

މި ދުވަސްވަރަކީ ދޫނިރާއްޖޭގައި، ދޫނި ދޫނީގެ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ދުވަސްވަރެކެވެ. ވީމާ، ދޫނީގެ ޠަބިޢަތާއި ބެހޭގޮތުން އެއްޗެއް ބުނެލަން ހިތަށް އެރީއެވެ. ދޫނިދޫނީގެ ބޭރުފުށުގެ ރިވެތިކަމަށް މާބޮޑަށް އިތުބާރު ނުކުރާށެވެ. ސާމަރާދޫންޏަކީ، ދުނިޔޭގައި ލެއްވި ދޫނިތަކުގެ ތެރެއިން، އެންމެ ރިވެތި އެއް ދޫންޏެވެ. އެކަމަކު، ސާމަރާދޫނީގެ ޠަބީޢަތް، އޭގެ ބޭރުފުށުގެ ރިވެތިކަމާ އަޅައިބަލާއިރު، އެހައި ރީއްޗެއް ނޫނެވެ. ސާމަރާދޫންޏަށް އަބަދުވެސް އެންމެ މީރު ކެއުމަކީ ހަރުފައެވެ.

މި ވާހަކަކޮޅުން ބަޔާންކޮށްދެނީ ފިޠުރަތުގެ ޙަޤީޤަތެކެވެ. އެކަމަކު، މިވާހަކަކޮޅުގެ އަސްލު މަޤުޞަދަކީ އިންސާނުންގެ ރަވައްޔާއާ ބެހޭގޮތުން އެއްޗެއް ބުނެލުމެވެ. ބޭރުފުށުގެ ރިވެތިކަމާއި، އެތެރެފުށުގެ ޙަޤީޤަތަކީ މުޅިން ތަފާތު ދެކަމެކެވެ. އިންސާނުންނަކީވެސް އެފަދަ ބައެކެވެ. ސާމަރާދޫންޏަކީ، ދުނިޔޭގެ އެންމެ ރިވެތި އެއް ދޫނި ކަމަށް ވާއިރު، ބައެއް ހަރުފައަކީ ބިރުވެރި އަދި އެހައިމެ ވިހަގަދަ އެއްޗެކެވެ. ތިރީގައިވާ ތަސްވީރުން ހަނދާން ކޮށްދެނީ، ދޫނީގެ ޖާޒުބީ މޫނާއި އަދި ލޫޅާފަތި، ހަށިގަނޑަކީ، އެ ދޫނީގެ އަސްލު ޙަޤީޤަތް ހާމަކޮށްދޭ މީޢާރެއް ނޫންކަމެވެ.

ސާމަރާދޫނި ބޭރުފުށުން ކިތަންމެ ރީއްޗަކަސް، އޭގެ ޝިކާރަވެރި ޠަބީޢަތެއް ނުފޮރުވޭނެއެވެ. ހަމައެފަދައިން ބައެއް ފަހަރު، ބޭރުފުށުން އަހުރެމެން ވަރަށް ޝައުޤުވެރިވާ އަދި މަޢުސޫމް ކަމަކަށް ފެންނަ މީހުންނަކީ އެތެރެފުށުން ވަރަށް ހަރުކަށި އަދި ނުރައްކާތެރި ބަޔަކަށް ވެދާނެއެވެ.

މި ވާހަކައިން އަހުރެމެންނަށް ލިއްބައިދޭ ފިލާވަޅަކީ ހަމައެކަނި ދޫންޏެއްގެ ”ސަތަހީ ސިފަތަކަށް“ ބަލާފައި، ލޯމަރާލައިގެން ދޫންޏަށް އިތުބާރު ނުކުރުމަށެވެ. ދޫނީގެ ”ޠަބީޢަތާއި“ މިހާތަނަށް ތަޖުރިބާ ކުރެވިފައިވާ އޭގެ ”ޢަމަލުތަކަށް“ ބަލައިގެން، ދޫނީގެ މައްޗަށް ޙުކުމްކުރުމަށެވެ.

 

މި ލިޔުމާ ގުޅޭ