އޮމާނުން ގަލްފުގެ ޤައުމުތައް ލަދުގަންނަވާލައިފި!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 7, 2026

އެމެރިކާއިން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އޮމާނުން ޚިޔާރުކޮށްފައި ވަނީ ފާހަގަކޮށްލެވޭ މުޅިން ތަފާތު މަގެކެވެ. އޮމާނުން ޚިޔާރުކުރީ، ކުރިމަތިލުމުގެ ބަދަލުގައި ވަކިފަރާތަކަށް ނުޖެހުމެވެ. ގަލްފްގެ ބައެއް ޤައުމުތަކާ ޚިލާފަށް އޮމާނުން ތަކުރާރުކޮށް ބާރުއަޅާފައި ވަނީ ޑިޕްލޮމެސީއާއި، ހަނގުރާމަ ހުއްޓުވައި، ގެއްލުންތައް ކުޑަކުރުމަށެވެ. އަދި އޮމާނުން ވަނީ، އެ ހަމަނުޖެހުމުގައި އަސްކަރީގޮތުން ބައިވެރިވުމާ ވެސް ދުރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ގަލްފުގެ ގިނަ ޤައުމުތަކުން، އޭގެތެރޭގައި ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ބަހުރެއިން އަދި އެހެނިހެން ޤައުމުތައް ހިމެނޭ ގޮތަށް، ބަދަލު ހިފުމުގެ ރޫޙުގައި، އެ ޤައުމުތަކުގެ ސަރަޙައްދު ނުވަތަ ވައިގެ ސަރަޙައްދު ޙަމަލާތަކުގައި ބޭނުން ކުރުމުގެ ހުއްދަ ވަނީ، އެމެރިކާއާއި، އިޒުރޭލަށް ދީފައެވެ.

ނަމަވެސް، އޮމާނަކީ އެމެރިކާއާއި، އީރާނާ ދެމެދު މެދުވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފާހަގަކޮށްލެވޭ ފަދަ ދައުރެއް އަދާކޮށްފައިވާ އަދި ހަމަނުޖެހުންތަކުގެ މައްޗަށް، މަޝްވަރާއަށް އަބަދުވެސް އިސްކަންދޭ ޤައުމެކެވެ.

އަވަސް އަވަހަށް ބަދަލުވަމުންދާ އެ ސަރަޙައްދުގެ ތަވާޒުނު ހިފެހެއްޓުމުގައި، އޮމާނުން ޚިޔާރުކުރި ޠަރީޤާ ނުވަތަ އެޕްރޯޗް ވަނީ، އޮމާނަށް ޤަދަރާއި، އިޙުތިރާމާއި، ޝުހުރަތު ހޯދާދީފައެވެ.

ބައެއް މީހުން އެއީ ހިފެހެއްޓުމާއި، ޑިޕްލޮމެސީގެ ތެރޭގައި ބިނާވެފައިވާ އުސޫލީ ނަޒަރިއްޔާއެއްގެ ގޮތުގައި ދެކޭއިރު، އަނެއް ބަޔަކު ދެކެނީ އެއީ ސަރަޙައްދީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށްފައިވާ އިސްތިރާޖީ އިޚުތިޔާރެކެވެ.

އާޚިރުގައި މި ޙާލަތުން ދައްކުވައިދެނީ، އެ ސަރަޙައްދުގައި އަސްކަރީ އިސްތިރާޖީތަކާ އެކު ވަރަށް ހިމުންކޮށް އެއްއުއިވެފައިވާ މީހުންނާއި، ޑިޕްލޮމެޓިކް ޙައްލުތަކަށް ބާރުއަޅާ މީހުންނާ ދެމެދުގައި، އޮތް ފުޅާ ބައިބައިވުމެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *