ޑޮނަލްޑް ޓުރަމްޕާއި މި ދެ މީހުންނާ އޮތީ ކޮންގުޅުމެއް ހެއްޔެވެ؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 7, 2026

އެކަކު ޓުރަމްޕުގެ ކިބައިން އެދެނީ ”އީރާނުގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލުމަށެވެ.“ އަދި އަނެކަކު ޓުރަމްޕުގެ ކިބއިން އެދެނީ ޞުލްޙައާއި، ހަމަޖެހުމާއި، އިންސާނިއްޔަތު ކަމަށެވެ. އަޅެ މި ފަގުޑިބޭމެންނަށް މިތިބީ ކިހިނެއް ވެފައި ހެއްޔެވެ؟ މިބޭމެންގެ ލަދު ޙަޔާތް އުޑަށް އަރުއްވައިގަތީ ބާވައެވެ؟ ކޮންމެއަކަސް، ފަގުޑިބޭމެން ކުރެ އެކަކުވެސް، މާތް الله ގެ ޙަޟުރަތުން މަދަދަކަށް އަދި އެހީއަކަށް އެދި ނުގޮވައެވެ.

އިސްލާމީ އުއްމަތުގެ އެއްބައި ކަމުގައިވާ އީރާނު އަންދައި އަޅިއަށް ހެދުމަށް، ފަގުޑިބޭމެން އީމާންވާ ޠާޣޫތުންގެ ކިބައިން އެދެނީއެވެ. އަނެކަކު، ދެކެނީ ޓުރަމްޕަކީ، އިންސާނިއްޔަތު ސަލާމަތްކޮށް، ނަޖާ ކުރުމަށް ފޮނުވާފައި ހުރި މަސީޙެއް ކަމުގައެވެ. މިބޭމެންނަކަށް، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޓުރަމްޕުގެ ޝައިޠާނީ ސިފަތަކާއި، ނުބައިކަމުގެ އަޑެއް ހަމަ ނީވެނީ ބާވައެވެ؟ އެ އަޑުތައް އިވުނު ނަމަ، މި ދެމީހުން އެ މޭރުމުން ވާހަކައެއް ނުދެއްކީހެވެ.

މީގެ އެންމެ ޝައުގުވެރި ކަމަކީ، އެޕްސްޓައިން ފައިލްތަކުގައި ޓުރަމްޕުގެ ނަން 380،000 އަށް ވުރެ ގިނަ ފަހަރު ފާހަގަ ކޮށްފައިވާކަން ފަގުޑިބޭމެންނަށް ހަމަ ނޭގޭތީއެވެ. އެއީ ވަކިވަކި ފަރުދުންނަށް ބަލާއިރު، އެންމެ ގިނަ ފަހަރު ތަކުރާރުފައިވާ ނަމެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޓުރަމްޕުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ފޭރުނު މީހެއްގެ ގޮތުގައި ތުހުމަތު ކޮށްފައިވާއިރު، 13 އަހަރުގެ ސްކޫލް ދަރިވަރަކަށް އަނިޔާކުރި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ.

ފެންނަ ފެނުމުގައި، ޓުރަމްޕް ތަބާވަނީ ނަތަންޔާހޫގެ އަމުރުތަކަށެވެ. އިޒުރޭލުގެ ފަރާތުން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ ދަމާކޫއްތާފަ ގެންދަނީވެސް ނަތަންޔާހޫގެ އަމުރަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *