ސަލީބީންނާއި ސަހުޔޫނީން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ފެށިގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. މި ހަނގުރާމަ ހުއްޓާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އީރާނަށް ދެއްވި ބިރުވެރި އަދި ފަނާ ކުރުވަނިވި އިންޒާރުތަކަށް އީރާނުން ދީލާނުލުމުންނެވެ.
ޓްރަމްޕް ހަތިޔާރު ބެހެއްޓީ އޭނާ ދެއްވާ އިންޒާރަކަށް ދައްކަވާ ބިރަކަށް އީރާނު ނުގުޑާނޭކަން ކަށަވަރު ވުމުންނެވެ. ހަނގުރާމަ މެދުކަނޑާލުމަށް ފަހު އިރާނާއި އެމެރިކާވަނީ ހުކުރުދުވަހު ޕާކިސްތާނުގައި ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އެއްބަސް ވެސް ވެގެންނެވެ. ޓްރަމްޕު އީރާނަށް ބިރު ދެއްކުމަށްފަހު އާޚިރުގައި އޭނާއަށް ޖެހުނީ ހުނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި ދިހަ ނުކުތާއަކަށް އެއްބަސްވާށެވެ. މިހުށަހެޅުންތައް ޓްރަމްޕާ ހަމައަށް ގެންދެވީ ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއެއްގެބައި އަދާކުރައްވާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފެވެ.
ދެ ހަފްތާއަށް ހަނގުރާމަ ހުއްޓާލުމަށް އިރާނުން ހުށަހެޅި ދިހަ ނުކުތާ:
- އީރާނަށް ޙަމަލާ ނުދޭނެކަމުގެ ޔަޤީންކަން ދިނުން.
- ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތުން.
- ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާނަށް ލިބިގެންވާކަން ގަބޫލުކުރުން.
- ދަތިކުރުމަށް އަޅާފައިވާ އަސާސީ އަދި އެނޫނަސް ފިޔަވަޅުތައް އުވާލުން.
- އީރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުންނާއި އައި.އޭ.އީ.އޭ. ގެ ބޯޑް އޮފް ގަވަރނަރސްއިން ފާސްކޮށްފައިވާ ހުރިހާ ގަރާރުތަކެއް އުވާލުން.
- ހަނގުރާމައިން އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުން.
- ގަލްފް ސަރަހައްދުން އެމެރިކާގެ ހަނގުރާމަވެރި ހުރިހާ ސިފައިން ބޭލުން.
- ލުބުނާނުގައިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކަށް ހަމަލާ ނުދުނުމާއި ސަހަރައްގުގެ ހުރިހައި ހިސާބެއްގައިވެސް ހަނގުރާމަ ހުއްޓާލުން.
- ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން.
- މިކަންކަމަކީ ބައިނަލްއަގްވާމީ ގޮތުން ލާޒިމު ކުރާ ކަންކަން ކަމަށް ކަނޑައެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުން މި ކަމާ ބެހޭ ގޮތުން ގަރާރެއް ފާސްކުރުން.






