އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރައްޕަކީ ދުނިޔޭގެ ހަމަޖެހުންތައް ނަގާލަން މަސައްކަތް ކުރާ އެޖެންޓެއް ކަމަށް ސެނެގާލްގެ ބޮޑުވަޒީރު އޮސްމާން ސޮންކޯ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ޓްރަމްޕް ވަނީ އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފައި ކަމަށެވެ. އޭގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ބުނަނީ ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަފެށީ ނަތަންޔާހޫގެ ޝައިތާނީ ވަސްވާސްތަކުގެ ސަބަބުން ކަމަށެވެ. ވެނެޒުއޭލާއަށްވީ ގޮތަށް އީރާނަށް ވެސް ވާނޭ ކަމަށާއި ދެދުވަހެއްހާ ދުވަސްތެރޭގައި އީރާނު ބަލިވެ ޓްރަމްޕުގެ ގޮނޑި ކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމު ކުރެވޭނޭ ކަމުގެ ނުބައި ވަސްވާސް ލައިދީގެން ޓްރަމްޕުގެ ޢަޖުޒު ސިކުނޑިވަނީ މޮޔަކޮށްލާފައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ހަނގުރާމަ ފެށުމަށްފަހު އެކަން ކުރެވުނު މޮޔަ ހީވެގެން އެކަމުން ބޯދަމައިގަނެވޭނޭ މަގެއް ނުފެނިގެން އުޅެނިކޮށް ޕާކިސްތާން މެދުވެރިވެގެން މިހާރުވަނީ ވަގުތީ ހައްލެއް ލިބިފައެވެ.






