އިޒުރޭލުގެ އަޝްރާފުން ދިރިއުޅޭ ސަރަޙައްދަށް ޙަމަލާދީފި!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 20, 2026

ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ މިސައިލް ޙަމަލާތަކެއް އިޒުރޭލުގެ އަޝްރާފުން ދިރިއުޅޭ އިޤުތިޞާދީ ޒޯންތަކުގެ ތެރެއިން ޒޯނަކަށް އަމާޒުވެ، ފަނާކުރަނިވި މަތީ ފެންވަރުގެ ގިނަ ޢަދަދެއްގެ އިޤުތިޞާދީ ދާއިރާގެ އަޝްރާފުންތަކެއްގެ ފުރާނަ ގެއްލިއްޖެއެވެ. ޚަބަރުތައް ލިބޭގޮތުގައި، 30 އަށް ވުރެ ގިނަ ވިޔަފާރިވެރިން ވަނީ، އެ ޙަމަލާތަކުގައި މަރުވެފައެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ވަނީ ބާރުގަދަ ބިންހެލުމުގެ ރާޅެއް އަރައިފިއެވެ.

އަދި އީރާނުގެ ޙަމަލާގެ ސަބަބުން އިޒުރޭލުގެ ފައިނޭންޝަލް ހަބުގައި ވަނީ އަލިފާން ރޯވެފައެވެ. އޭގެސަބަބުން އިޒުރޭލުގެ އިޤުތިޞާދީ ދާއިރާގެ މިސްރާބު ގެއްލި، ނިންމުންތައް ނިންމުގައި ބޮޑު ހުސްކަމެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތަކެއް އަރައިފާނެ ކަމަށް ބެލެވެއެވެ.

އެއީ ހަމައެކަނި ފަނާކުރަނިވި އަސްކަރީ ޙަމަލާއެއް ނޫނެވެ. އެއީ ސީދާ އިޤުތިޞާދީ ބާރަށް އަމާޒުކޮށްގެން އީރާނުން ދިން ގެއްލުން ބޮޑު ޙަމަލާއެކެވެ. މިފަދަ ޙަމާލާތަކުގެ ސަބަބުން ހަމައެކަނި ހަލާކުވެގެން ދަނީ ޢިމާރާތްތަކެއް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އިތުބާރާއި، ވިޔަފާރިތަކާއި، އަދި ދުނިޔޭގެ ކަންކޮޅުތަކުގައި އިޒުރޭލުން ގާއިމްކޮށްފައިވާ ވިޔަފާރީގެ އިއްތިހާދުތަކަށްވެސް އޭގެ އަސަރު ކުރާނެއެވެ.

ބޯޑުރޫމްތަކުން ފެށިގެން ހަނގުރާމައިގެ ސިޓުއޭޝަން ރޫމްތަކާ ހަމައަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

އިޤްތިޞާދީ އިސްވާރުން މަރުވުމުން އޭގެ އަސަރުތައް ހަނގުރާމައިގެ މައިދާނުން މާ ދުރަށް ފޯރައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *