ވެރިކަމަށް އައުމުގެ ކުރިން ޓްރަމްޕުގެ ދިރިއުޅުން މާރަނގަޅު ކަމަށް ބުނެފި!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 22, 2026

ރައީސް ކަމަށް އައުމުގެ ކުރިން އޭނާގެ ދިރިއުޅުން މާރަނގަޅު ކަމަށް ޑޮނަލްޑް ޓުރަމްޕް ބުނެފިއެވެ. އޭނާ، އެ އިޝާރާތް ކުރަނީ ދައުލަތުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، ޤައުމު ހިންގަން ޖެހުމުން ކުރިމަތިވާ ޖިސްމާނީ، އަދި ނަފުސާނީ ވަރުބަލިކަމާއި، ފާޑުކިޔުމާއި، ޕްރެޝަރުގެ މައްޗަށެވެ. ވެރިއެއްގެ ރޯލަކީ ގިނަ ފަހަރަށް އާންމުންގެ ބޮޑު ސަމާލުކަމެއް ދެވޭ، ސިޔާސީ ޕްރެޝަރު މެދުނުކެނޑި ކުރިމަތިވާ ކަމެކެވެ. އެއީ، މީހެއްގެ ދުވަހީ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެސް ޓްރަމްޕު ބުނެފައިވެއެވެ.

ނަމަވެސް އެވާހަކަ އަޑުއިވުނު ގިނަ ބަޔަކު، އެ ވާހަކަ މާނަކުރަނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާގެ ރިޔާސީ ދައުރުގެ ނޭދެވޭ އަސަރު ޒާތީ ތަޖުރިބާއަށް ވުރެ، މަތިވެފައިވާ ކަމަށް ބުނެ، ބައެއް މީހުން ވަނީ ފާޑުކިޔައި، ރައްދުދީފައެވެ. އެގޮތުން، އޭނާގެ ސަބަބުން، އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި، ސިޔާސީ ބައިބައިވުމާއި، ދުނިޔެ ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލުން ފަދަ ބޮޑެތި މައްސަލަތަކަށް ވަނީ އިޝާރާތް ކޮށްފައިވެއެވެ. އަދި އޭނާގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުމަށްވެސް އުނދަގޫވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން، އޭނާގެ ބަޔާން ޒާތީ ރިވެލިވުމުން މާދުރަށް ގެންގޮސް، އާންމު ބަހުސަކަށް ވަނީ ބަދަލު ކޮށްފައެވެ. އެ ބަޔާން ވަނީ، ފަރުދެއްގެ ޒާތީ ތަޖުރިބާއަށް ވުރެ، ވަގުތާއެކު ޤައުމުގެ ޙާލަތު ބަދަލުވަމުންދާ ގޮތް ބަޔާންކޮށްދޭ އެއްޗަކަށް ވެފައެވެ.

އާޚިރުގައި، ޒާތީ ކޮމެންޓެއްގެ ގޮތުގައި ފެށުނު މިކަންތައް، އިސްދާނަކަމާއި، އޭގެ ނަތީޖާއާއި، ސިޔާސީ ނިންމުންތަކުގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރާ އަސަރުތަކާ ބެހޭ، ފުޅާ މަޝްވަރާއަކަށް ވަނީ ބަދަލުވެފައެވެ.

ޓުރަމްޕެވެ. ތިޔަ ބުނެވުނީ ހަމަ ރަނގަޅަށެވެ. ކަލޭ ވެރިކަމަށް އައުމުގެ ސަބަބުން ނުހޮރުއްޕާނަކަށް ވެފައިވަނީ، ކަލެއަކަށް އެކަންޏެއް ނޫނެވެ. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ އެންމެންނަށް ވަނީ ބޮޑު މުޞީބާތެއް ކުރިމަތި ވެފައެވެ. ކަލެއާއި ހެދި ހޮރުމޫޒު ކަނޑުއޮޅި ބަންދުވެ، ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. ކަލެއާ ހެދި ދުނިޔޭގެ އިޤުތިޞާދު ދަށަށް ގޮސް، ދުނިޔެއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެއެވެ. އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ. ކަލެއަކީ ހަނގުރާމައިގެ މުޖުރިމެކެވެ. ކަލެއަކީ އިންސާފުވެރި ޝަރީޢަތެއް ހިންގައި، އަދަބުދޭން ޖެހިފައި ހުރި ނުބައި، ނުލަފާ ޝައިޠާނެކެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *