އީރާނުގެ ފަޚުވެރި ގައުމިއްޔަތު ހަނގުރާމައިގެ ސަބަބުން ވަރުގަދަ ވެއްޖެ

އަހުމަދު މުހައްމަދު
އޭޕްރިލް 26, 2026

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރި ހަނގުރާމައިގެ ސަބަބުން އީރާނުގެ ގައުމިއްޔަތުގެ ރޫހު އިތުރަށް ވަރުގަދަވެ، ބޭރު މީހުންނަށް ބަރޯސާ ނުވުމަށް އީރާނުގެ ރައްޔިތުންނަށް ދަސްވެއްޖެ ކަމަށް ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހަޖެރާނީ ވިދާޅުވެއްޖެއެވެ.

”ފަހުން މިކުރި ހަނގުރާމައިގެ ސަބަބުން އަޅުގަނޑުމެންގެ ގައުމިއްޔަތު ވަރުގަދަވެ، ގައުމީ ފަޚުރުވެރިކަން އިތުރުވެއްޖެ. އަދި ކަންކަމުގައި ބޭރު މީހުންނަށް ބަރޯސާވެގެން ނުވާނެކަން އަޅުގަނޑުމެންނަށް ވިސްނިއްޖެ،“ މޮހަޖެރާނީ ވިދާޅުވި އެވެ.

މޮންގޯލުންނާ ހަނގުރާމަ ކުރުމަށްފަހު އީރާނުން ހޯދި ކާމިޔާބީއަކީ އީރާން އިތުރަށް ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހެން ކަމުން އީރާނުގެ މުސްތަގުބަލާ މެދު އިތުބާރު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *