ޗެނަލް 13 އިން މާދަމާ އެމްއެމްބީސީއާ ބައްދަލުކުރަނީ

މުހައްމަދު އަލީ
މެއި 3, 2026

ޕީއެންއެފްއިން މާލޭގައި މިހާރު ކުރިއަށް ގެންދާ މަގުމަތީ ހަރަކާތް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ޗެނަލް 13 އަށް އެންގުމުން އެކަމާބެހޭ ގޮތުން އެކޮމިޝަނަރ ބައްދަލު ކުރަން އެ ޗެނަލުން ނިންމައިފިއެވެ.

މި މައްސަލާގައި ޗެނަލް 13 އިން އެކޮމިޝަނަރ ބައްދަލު ކުރުމަށް ހަނަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. ބައްދަލުވުން އޮންނާނީ އެމްއެމްބީސީ އޮފީހުގައެވެ.

މި ބައްދަލުވުމަށްފަހު ޗެނަލް 13 ގެ ވަކީލުން ނޫސްވެރިންނާ ބައްދަލުކޮށް  ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނޭ ކަމަށް އެޗެނަލުން ވަނީ ބުނެފައެވެ.

ޕީއެންއެފްގެ މަގުމަތީ ހަރަކާތް ބްރޯޑްކާސްޓް ނުކުރަން އެންގިޔަސް މިހާތަނަށް އެ ޗެނަލުން އެކަން ހުއްޓާފައެއް ނުވެއެވެ. އެމްއެމްބީސީގެ މިފަދަ އެންގުން ތަކަކީ މީޑިއާ ”މަރާލަން“ ކުރާކަމެއް ކަނަށް ނޫސްވެރިން ދަނީ ބުނަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *