ޕީއެންއެފްގެ ލިޑަރު ރައީސް އަބްދުﷲ ޔާމީން/ފޮޓޯ ޕީއެންއެފް

އަބުރު ރައްކާތެރު ކުރުމަށް ދައުވާ ކުރަން ދަސްކުރޭ: ރައީސް ޔާމީން

ޟަމްރަތު އަހްމަދު
މެއި 13, 2026

”އަދަދު‘ ނޫހުގެ ދެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައި، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ.

ނޫސްވެރީން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި އަބުރު ރައްކާތެރިކުރަން ބޭނުންވާ ކަމަށްވާނަމަ އަބުރުގެ ދައުވާ ކުރަން ދަސްކުރަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. ”ނޫސްވެރިން ކުރަނީ ގައުމީ މަސައްކަތެއް. އަބުރު ރައްކާތެރި ކުރުމުގެ ގޮތުން އަބުރުގެ ދައުވާ ކުރަން ދަސްކުރަމާތޯ“

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައެވެ. އޭގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވައިފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *