ބަދަލު ގެންނަން ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ފައްޔާޒު

ޟަމްރަތު އަހްމަދު
މެއި 17, 2026

މިވަގުތަކީ ރާއްޖެއަށް މުހިއްމު ބަދަލުތަކެއް ގެންނާންޖެހިފައިވާ ވަގުތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ހުވާ ކުރެއްވުމަށް ފަހު މަގާމުތަކާ ހަވާލުވެވަޑައިގެންނެވި ހުރިހާ މޭޔަރުންނާއި، ކައުންސިލަރުން އަދި ޑަބްލިއު.ޑީ.ސީ މެންބަރުންނަށް މަރުހަބާ ދެންނެވުމުގޮތުން އެކަސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ މިއީ ”ރައްޔިތުންގެ ފުދުންތެރިކަން އެތައް ގުނައަކުން އިތުރު ކުރާން ޖެހިފައިވާ ވަގުތެއް. މުޅި ދައުލަތުގެ އޮނިގަނޑަށާއި ހިންގުމަށް އައު ވިސްނުންތަކެއް ގެންނާން ޖެހިފައިވާ ވަގުތެއް،“ ކަމަށެވެ.

މިކަންކަން ހާސިލުކުރުމަށް އެންމެހައި ކައުންސިލަރުންނާއި ކައުންސިލްތަކުގެ ވިސްނުމާއި، މަޝްވަރާއާއި ބައިވެރިވުން އިންތިހާއަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *