އިންސާނުންގެ މަސްކާ ގުއިވަޅު މެހިތައް އެމެރިކާގައި އާލާ ވަނީ

އިބްރާހީމްް ސަމީރު
ޖޫން 3, 2026

އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ދިރިހުރި މަސްގަނޑު ކާލާ ނުރައްކާތެރި ފަނި އުފައްދާ ގުއިވަޅު މެހިތަކެއް، އެމެރިކާގެ ބޯޑަރާ ދިމާ ސަރަހައްދުގައި ފެތުރެމުންދާތީ އެ ޤައުމުގެ ސަރުކާރުން ކުއްލި އިންޒާރެއް ނެރެފިއެވެ.

ނިއު ވޯލްޑް ސްކްރޫވޯރމްގެ ނަމުން ނަންދެވިފައިވާ މި މެހީގެ އާލާވުން މިހާރު ވަނީ މެކްސިކޯއާއި މެދުތެރޭ އެމެރިކާގެ ޤައުމުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، އެމެރިކާގެ ޓެކްސަސް ބޯޑަރާ އެންމެ ތިރީސް އެއް މޭލު ކައިރިން މިހާރު ވަނީ މި މެހީގެ އަސަރު ފެނިފައެވެ. މިއީ 1960 ގެ އަހަރުތަކުގައި އެމެރިކާއިން އެއްކޮށް ނައްތާލާފައިވާ ނުރައްކާތެރި ސޫތްޕެކެވެ.

މި މެހީގެ ނުރައްކާތެރިކަމަކީ، އިންސާނުން ނުވަތަ ޖަނަވާރުންގެ ހަށިގަނޑުގައި ހުންނަ ކުދި ފާރުކޮޅުތަކުގައި ބިސްއެޅުމަށްފަހު، އެއިން ނިކުންނަ ގުއިވަޅު މެހި ދިރިހުރި މަސްގަނޑުގެ އެތެރެއަށް ކޮނެގެން ކަމުންދިއުމެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ގެއްލުންތައްވެ، ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވެއެވެ. މެކްސިކޯއާއި އެ ސަރަޙައްދުގެ ޤައުމުތަކުން މިހާތަނަށް އެތައް ހާސް ޖަނަވާރަކަށާއި، ދެ ހާހެއްހާ އިންސާނުންނަށް މީގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވެއެވެ.

އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ އިދާރާތަކުން ބުނާގޮތުން، މި މެހި އެމެރިކާއަށް އެތެރެވެއްޖެނަމަ އެ ޤައުމުގެ ޖަވާރުންނާ ގެރިބަކަރީގެ ސިނާޢަތަށް ބިލިއަނުން ގެއްލުންވެ، މަހުގެ އަގުތައް އިންތިހާއަށް މައްޗަށް ދާނެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އެމެރިކާ ސަރުކާރުން މިހާރު ދަނީ ބޯޑަރު ސަރަޙައްދުތަކަށް ޚާއްޞަ ސަމާލުކަމެއްދީ، މެހި އާލާވުން ހުއްޓުވުމަށް ސައިންސްވެރިންގެ އެހީގައި ފިރިހެން މެހިތައް ދަރިމައިނުވާގޮތް ހަދައިގެން ޖައްވުގެ ތެރެއަށް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *