ރައީސް ސާލިހު ވޯޓުލައްވަނީ/ފޮޓޯ އެމްޑީޕީ

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައީސް ނަޝީދުގެ ތަޖުރިބާ ބޭނުން ކުރައްވާނެ: ރައީސް ސާލިހު

މުހައްމަދު އަލީ
ޖޫން 13, 2026

އެމްޑީޕީއާގެން ކުރިއަށްދާންވީ އެންމެން އެކީގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު ނަޝީދަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ”އެމްޑީޕީ ގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން،“ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ މިވަގުތު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ވަރަށްގިނަ ކަމަށެވެ. އެ ކަމުގައި ރައީސް ނަޝީދުގެ ތަޖުރިބާ ބޭނުން ކުރައްވާނޭ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

”އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރަން،“

މިއިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމަށް ވެސް ރައީސް ސާލިހު ވަނީ މަރުޙާބާ ވިދާޅުވެފައެވެ.

”އިންތިޚާބު ގައި ވާދަ ކުރެއްވި މީކާއީލް އަޙުމަދު ނަސީމް

ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން މަރުޙަބާ ދަންނަވަން،“ ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *