މަސްޖިދުއް ނަބަވީއިން އޮންލައިންކޮށް ޤުރުއާން ހިތުދަސްކޮށް ދިނުމުގެ ކޯހެއް ފަށަނީ

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 13, 2026

މަސްޖިދުއް ނަބަވީ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޫނު މޫސުމުގެ ޤުރުއާން ހިތުދަސްކުރުމާއި، އިސްލާމީ ތަޢުލީމާތުގެ ކޯހުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކު ހެނދުނާއި އަދި މެންދުރު ފަހުގައި ކްލާސްތައް ކުރިއަށް ގެންދެވޭނެއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ކްލާހަށް ހާޒިރުވެގެންނާއި އަދި އޮންލައިންކޮށްވެސް ބައިވެރިވެވޭނެއެވެ.

މި ކޯހުގެ މުއްދަތަކީ 20 މުޙައްރަމް 1448 އިން ފެށިގެން 16 ޞަފަރު 1448 އަށެވެ. ކޮންމެ ދުވަހަކު ދެ ދަންފަޅީގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވާ މި ކޯހުގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން އޮންނާނީ ފަތިސް ނަމާދަށް ފަހު ހެނދުނު 8:30 އާ ހަމައަށެވެ. މެންދުރު ފަހުގެ ދަންފަޅި ކުރިއަށް ގެންދާނީ އަސްރު ނަމާދަށް ފަހު އިޝާ ނަމާދާއި ހަމައަށެވެ.

ކޯހުގެ ބައިވެރިންނަށް ޤުރުއާން ހިތުދަސްކޮށް ދިނުމުގެ އިތުރުން، ހޮވާލެވޭ އިސްލާމީ ތަޢުލީމާތު ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައި ދެއްވާނީ މަސްޖިދުލް ނަބަވީގެ ޤާބިލް އިންސްޓްރަކްޓަރުންގެ ޓީމަކުންނެވެ.

ކޯހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާނީ މަސްޖިދުއް ނަބަވީގެ ”ޤުރުއާން މެމަރައިޒޭޝަން އެކަޑަމީގެ“ ޕޯޓަލް qm.edu.sa މެދުވެރި ކޮށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *