ރާޖޭޝް ޝަރުމާ ޒަޔަނިސްޓުންނަށް ސަޕޯޓު ކުރުމުން ދަރިފުޅު ޖަހައިގެންފި

އިބްރާހީމްް ސަމީރު
ޖޫން 14, 2026

އިންޑިއާގެ ތިން ކަލާސީން މަރުވިކަން ބުރާސްފަތި ދުވަހު އިއުލާން ކުރުމުގެ އެތައް ގަޑިއިރެއް ކުރިން، އެއިން ކަލާސީއެއްގެ ބައްޕަ ކަމަށްވާ ރާޖޭޝް ޝަރުމާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ދަރިފުޅު ހޯދުމަށް އެހީއަކަށް އެދިފައެވެ. ނަމަވެސް، އޭގެ ފަހުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ ރާޖޭޝް ކުރިން ކޮށްފައި ހުރި އިސްލާމްދީނާ ދެކޮޅު އިސްލާމޯފޯބިއާގެ ނަފްރަތު އުފެދޭ ޕޯސްޓްތައް ހޯދައި އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާގެ މުސްލިމުން ގެ ނަސްލު ނައްތާލުމަށް އިސްރާއީލަށް ހިތްވަރުދީ ގޮވާލާފައިވާ ޕޯސްޓްތައް ވެސް ހިމެނެއެވެ.

ބުދަ ދުވަހު (ޖޫން 10) އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނީ، އޮމާން ކަނޑުއޮޅި ކައިރިން އެމެރިކާ އިން ދިން މިސައިލް ހަމަލާތަކެއް އަމާޒުވުމުގެ ސަބަބުން އިންޑިއާގެ 3 ކަލާސީއަކު ގެއްލިފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެ ތިން މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. މަރުވި މީހުންނަކީ ޑެކް ކެޑޭޓް އަދިތްޔަ ޝަރުމާ، އިންޖީން ފިޓަރު ޝިވާނަންދު ޗޯރާސިއާ، އަދި ޗީފް އިންޖިނިއަރު ޕަޓްނާލާ ސުރޭޝްއެވެ.

އަދިތްޔަ ޝަރުމާގެ ބައްޕަ ރާޖޭޝްއަށް ޝިޕިންގ ކުންފުނިން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ”އެމްޓީ ސެޓެބެލޯ“ އަށް އެމެރިކާގެ ކަނޑުގެ ސިފައިން ދިނ މިސައިލް ހަމަލާއެއް ގައި ތިން މީހަކު ގެއްލިފައިވާ ކަމަށެވެ.

އޭނާގެ ދަރިފުޅު ހޯދުމަށް އެހީއަށް އެދެމުން ރާޖޭޝް ބުނީ، ”އަހަރެންގެ ދަރިފުޅު ކުރިން ވަނީ ކުންފުނިން އޭނާގެ ނާޖާއިޒު ފައިދާނަގައި އަނިޔާ ލިބޭކަމަށް ބުނެ، އެ އުޅަނދުން ފައިބާން ބޭނުންވާކަމަށް އޭޕްރީލް މަހު ރިޕޯޓުކޮށްފައި،“ ކަމަށެވެ. އަދި ”އެ ހުރިހާ ވާހަކަތަކެއް ޗެޓްލޮގްގައި ރެކޯޑްކޮށްފައި އެބަހުރި،“ ކަމަށް އޭނާ ބުނިއެވެ.

ރާޖޭޝްގެ މި ޕޯސްޓްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ކުރި ޕޯސްޓެކެވެ.

އިސްރައީލުން ޣައްޒާއަށް ހަމަލާތައް ވަރުގަދަކުރި ދުވަސްވަރު، އިސްރާއީލުގެ ދައުލަތް އުފެދުމާ ގުޅޭ ޕޯސްޓަކަށް ރައްދު ދެމުން އޭނާ ލިޔެފައިވަނީ، ”އަހަރެން ދެކޭ ގޮތުގައި އިޒްރޭލުން މިހާރު ޣައްޒާ އެއްކޮށް ނަސްލު ނައްތާލަންވީ. އަދި، އެތަނަކީ މުސްލިމުން ނޫން ބައެއް އުޅޭ ސަރަހައްދަކަށް ހަދަންވީ. އެތަނުގައި ސުލްހަ ގާއިމްކުރުމަށް އޮތް ހަމައެކަނި ހައްލަކީ މިއީ،“ ކަމަށެވެ. އަދި ”މޮސާޑް އާއި އައިޑީއެފް (އިޒްރޭލު ޑިފެންސް ފޯސަސް) އަށް ސާބަސް،“ ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

2024 ވަނަ އަހަރު ކުރި އެހެން ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، ”21 ވަނަ ގަރުނު ނިމޭއިރު، މި ދުނިޔޭގައި އުޅޭ ކޮންމެ މުސްލިމަކުވެސް ނައްތާލެވޭނެ، ނޫނީ އެހެން ދީނަކަށް ބަދަލުކުރެވޭނެ،“ ކަމަށެވެ. އަދި އެހެން ޕޯސްޓެއްގައި ”އެމީހުންނަކީ (މުސްލިމުން) އެއީ މިނިކާ ބާޒުންތަކެއް ފަދަ ބައެއް… ހިންދޫންގެ ލޭ އޮހޮރުވުމުން އެމީހުން އުފާވޭ!“ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ބުރުގާ އާއި ނިގާބު ”ހަރުކަށިކޮށް“ އަޅާ ކޮންމެ މުސްލިމް އަންހެނަކާ އެކު އީދު އުފާ ފާޅުކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް ”އެމީހުން ބުރުގާ އާއި ނިގާބު އެއްލާލުމަށްފަހު، ނަށަމުން އީދު އުފާ ފާޅުކުރުން ފަށަންވީ،“ ކަމަށް އޭނާ ކޮމެންޓް ކޮށްފައިވެއެވެ. މި ކޮމެންޓް އޭނާ ކޮށްފައިވަނީ ގަލްފީޝާ ފާތިމާ ޖަލުގައި 4 ވަނަ ރޯދަމަސް ހޭދަކުރާ ކަމަށް ބުނެ މުސްލިމު ޖާނަލިސްޓް ރާނާ (ރަޢްނާ) އައްޔޫބް ކުރި ޕޯސްޓަކަށް ރައްދު ދެމުންނެވެ.

ރާޖޭޝް ޝަރުމާ ސަހުޔޫނީންނަށް ސަޕޯޓުކުރި އިރު އެމީހުން ވަނީ އޭނާގެ ދަރިފުޅު ޖަހައިގެން ގޮސްފައެވެ! ތަގްދީރުގެ ނިޔާ!

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *