އެމެރިކާއާއި، އީރާނުގެ ޞުލްޙައިގެ މަޝްވަރާތައް ކޮންމެ ފަހަރަކު ފޭލިވަނީ ކީއްވެގެންތަ؟
ޞުލްޙައާ ގާތަށް އާދެވެއެވެ. ލުބުނާނަށް ބޮން އަޅައެވެ. ޞުލްޙައިގެ އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ހުށަހެޅެއެވެ. މި ޕެޓާރން، މިގޮތަށް އެތައް ފަހަރަކު ތަކުރާރު ވެއްޖެއެވެ.
މިހާތަނަށް ފާއިތުވީ ޞުލްޙައިގެ މަޝްވަރާތަކުގެ ވަގުތު ރޮނގަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟
13 އޭޕްރީލުގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. 14 އޭޕްރީލުގައި، އިޒުރޭލުން ލުބުނާނަށް ބޮންއެޅިއެވެ. 15 އޭޕްރީލުގައި، އީރާނުން އެއްބަސްވުން ބާޠިލުކުރިއެވެ.
13 މޭގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. 14 މޭގައި، އިޒުރޭލުން ލުބުނާނަށް ބޮންއެޅިއެވެ. 15 މޭގައި، އީރާނުން އެއްބަސްވުން ބާޠިލުކުރިއެވެ.
13 ޖޫންގައި ޞުލްޙައިގެ މަޝްވަރާތަކުގައި އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އައެވެ. 14 ޖޫންގައި، އިޒުރޭލުން ލުބުނާނަށް ބޮންއެޅިއެވެ. މިއަދު 15 ޖޫންގައި، އީރާނުން އަނެއްކާވެސް އެއްބަސްވުން ބާޠިލުކުރާނެއެވެ.
ދުނިޔެއިން ނޭނގޭ ކަމަށް ހެދިގެން އުޅޭ އުޅުން ހުއްޓާލުމުގެ ކުރިން، އެއް ސްކްރިޕްޓެއް ކިތައް ފަހަރު ތަކުރާރުވާން ޖެހޭނެ ހެއްޔެވެ؟
އެމެރިކާއާއި، އީރާނުން އެއްބަސްވުމަކަށް އަންނަ ކޮންމެ ފަހަރަކު، އިޒުރޭލުން ލުބުނާނަށް ކުއްލިއަކަށް ޙަމަލާ ދެއެވެ. އެހިސާބުން ޑިޕްލޮމެސީން، ހަމަނުޖެހުމަށް ސުރުޚީތައް ބަދަލުވެއެވެ. ދެން އެންމެންގެ ސުވާލަކީ ޞުލްޙައިގެ އެއްބަސްވުން ދެމިއޮންނާނެތޯއެވެ؟
އެއީ ޞުލްޙަ ޤާއިމުކޮށް، އެކަން ޙިމާޔަތްކޮށް ދެމެހެއްޓޭނެ ގޮތެއް ނޫނެވެ. އެއީ ސުލްޙައާ އަމަން އަމާންކަން ފަނާކޮށް ނެތިކޮށްލާ ގޮތެވެ.
އަދި އާދައިގެ މަތިން، މިފަދަ ކޮންމެ ހަމަނުޖެހުމެއްގެ އަގު ދައްކަނީ އާންމު ރައްޔިތުންނެވެ. ފާޑުފާޑުގެ ބަޔާންތައް ނެރޭ ސިޔާސީ މީހުންނެއް ނޫނެވެ. އެއީ، ޑްރޯންތަކާއި، މިސައިލުގެ ވައިގެ ޙަމަލާތަކާއި، ގޯތި ގެދޮރު ދޫކޮށް ދިއުމާއި، ބިރުވެރިކަމާއި، ފަނާކުރަނިވި އަޑުތަކުގެ ތެރޭގައި ދިރިއުޅޭ ލުބުނާނުގެ އާންމު ރައްޔިތުންނެވެ.
އިޒުރޭލުން ޙަޤީޤަތުގައި ޞުލްޙަ ބޭނުންވާއިރު، ޑިޕްލޮމެޓިކް ގޮތުން ލިބިދާނެ ކޮންމެ ކުރިއެރުމަކާއެކު، ލުބުނާނަށް ބޮމުގެ އިތުރު ޙަމަލާތައްދެނީ ކީއްވެގެން ހެއްޔެވެ؟
ކޮންމެ ފަހަރަކު، ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބުވަނީ ކީއްވެގެންތޯ ސުވާލުކުރުން ދުނިޔެއިން ހުއްޓާލާފައި، އެކަން ނާކާމިޔާބުވަނީ ކޮންބައެއްގެ ސަބަބުންތޯ ސުވާލުކުރަން ފައްޓަން ވެއްޖެއެވެ. ދުވަހަކުވެސް، ޝައިޠާންޔާހޫއާއި، އިޒުރޭލުގެ ދައުލަތް ވުޖޫދުގައި ދެމިއޮތްހާ ހިނދަކު، މެދުއިރުމައްޗާއި، ދުނިޔެއަށް ޞުލްޙައިގެ ވަސް ވެސް ނުލިބޭނެއެވެ.
އެހެނީ، ޞުލްޙައިގެ އެއްބަސްވުމަކާ ހިސާބަށް އާދެވޭ ކޮންމެ ފަހަރަކު އިޒުރޭލުން ލުބުނާނަށް ޙަމަލާ ދެނީ ގަސްތުގައި، ޞުލްޙައިގެ މަޝްވަރާތައް ފޭލްކޮށްލުމަށްޓަކައެވެ. ފަހަރެއްގައި، އެއީ ”ޔުނައިޓެޑް ސްނޭކްސް އޮފް އެމެރިކާއާއި“ އިޒުރޭލުގެ ރޭވުމަކަށްވެސް ވެދާނެއެވެ. އަސްލު މައްސަލައަކީ ކޮބަައިކަން އެންމެންނަށްވެސް އެނގެއެވެ. އެއީ ޝައިޠާންޔާހޫއާއި، އިޒުރޭލޭ ކިޔާ ނާގަ ހަރުފައެވެ.






