ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއެއް އޮންނާނެކަން ސަރުކާރު ދަންނަންޖެހޭ: ޝާހިދު

މުހައްމަދު އަލީ
ޖޫން 23, 2026

ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުވައްޒަފުން ވަކިކޮށް އަނިޔާވެރިކަން މި ސަރުކާރުން އިސްކުރަމުންދާއިރު ވަކިކުރާ ކޮންމެ މުވައްޒަފެއްގެ ފަހަތުގައި ޢާއިލާއެއް އޮންނާނޭ ކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

”ސިޔާސީ ބޭނުމަށް ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރާއިރު، އެއިން ކޮންމެ މީހަކާ ގުޅިފައިވާ ޢާއިލާއެއް އޮންނަކަން މިސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިންނަވަން ޖެހެއެވެ.“ އެކްސްގައި އޭނާ ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވެފައިވަނީ އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަމަށެވެ. އެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވެފައިވަނީ ވަޒީފާތައް ބަހައިގެންނާއި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނޭ ކަމަށެވެ. އެއީ މާޒީން ފެންނަން އޮތް ޙަޤީގަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ޝާހިދު މިހެން ވިދާޅުވީ ސިޔާސީ ބޭނުންތަކަށް މިސަރުކާރުން މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ތަހުމަތުކޮށް ވާހަކަ ދައްކަމުންދާ ވަގުތެއްގައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *