އެއްޑީޕީއަށް 21 އަހަރު ފުރިގެންދިޔައިރު އަދިވެސް ރައްޔިތުންގެ އުންމީދު ގުޅިފައިވަނީ އެޕާޓީއާ ކަމަށް ކުރީގެ ޗެއަރޕާސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ”ރީނދޫ ލަޝްކަރުގެ މެންބަރުންނާއި، ލީޑާޝިޕާއި، ޕާޓީގެ އެންމެހާ ޚިދުމަތްތެރިންނަށް އަރިސްކުރަމުން،“ އޭނާ ވިދާޅުވެފައިވަނީ މިއަދު ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ ތަން ކަމަށެވެ. އެއިން ދައްކުވައިދެނީ ޚުދުމުޚުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފައްޔާޒު އެކްސްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުން އެތައް ޕާޓީއެއް ފަނޑުވެގެން ހިނގައްޖެ ކަމަށެވެ. އެހެންނަމަވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި 21 އަހަރު އެމްޑީޕީއަށް މިވަނީ ކަޑައްތު ކުރެވިފައި ކަމަށް ވިދާޅުވެފައިވެއެވެ. އެކަން އެހެންވީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީގެ ސަބަބުން ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ”ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް މި ޕާޓީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުން. ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ،“ އޭނާ ވިދާޅުވެފައިވެއެވެ.
މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީ އުފެދުމާއެކު އިސްލާހީ މަސައްކަތް ވެސް ރަސްމީކޮށް ފެށިގެންދިޔަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ”އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާނެ މަސައްކަތެއް. އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް، އެދެނީ ކާމިޔާބު މިންވަރު ކުރެއްވުމަށް،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.






