1990 ވަނަ އަހަރުގެ ކުރީކޮޅު، ބަނޑުހައިވެގެން ހާންތިވެފައިވާ ކުއްޖަކު، މެކްޑޮނަލްޑް ރެސްޓޯރެންޓެއްގެ ”ޑްރައިވު ތުރޫ“ އަކަށްގޮސް، އެތާ ހުރި އަންހެންކުއްޖެއްގެ ގާތު ބުންޏެވެ. ”އަހުރެން މިހުރީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެވެ. ތިބާގެ އަތުގައި ކާނެ އެއްޗެއް އެބަހުރި ހެއްޔެވެ؟“ އެވަގުތު އަންހެންކުއްޖާ، އޭނާއަށް ބަލާލުމަށްފަހު، އޭނާއާ މެދު ޙަމްދަރުދީވެ، އެތަނުން ބާރގާރއެއް އެކުއްޖާއަށް ދިއްކޮލިއެވެ. އެދުވަހު، އެ އަންހެންކުއްޖާ ދިއްކޮއްލި ”ބާރގާރ“، އެއްދުވަހަކުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެއް، އޭނާގެ ހިތަކަށް އެއްގޮތަކަށްވެސް ނާރައެވެ. އެ ކުޑަކުއްޖާ ޝުކުރިއްޔާއޭ ބުނުމަށްފަހު، ބާރގަރ ކާން ފެށިއެވެ. އެވަގުތު އަންހެން ކުއްޖާ ސުވާލުކުރިއެވެ. ”ކޮއްކޯއެވެ. ކޮއްކޮގެ ޢުމުރު ކިހާވަރެއް ހެއްޔެވެ؟“ އެކުއްޖާ ޖަވާބުގައި ބުންޏެވެ. ”ދިހަ އަހަރެވެ.“ އަންހެން ކުއްޖާ ބުންޏެވެ. ”ކޮއްކޮ ބޭނުންނަމަ، ކޮންމެ ދުވަހަކުވެސް އަންނާށެވެ. އަހުރެން ކޮންމެ ދުވަހަކު، ކޮއްކޮއަށް ބާރގާރއެއް ބާއްވާނަމެވެ.“
އެ އަންހެންކުއްޖާގެ އޯގާތެރިކަން ފެނި، އެ ކުޑަކުއްޖާ ބުންޏެވެ. ”އަހުރެން އެއްދުވަހަކުން ކާމިޔާބު މީހަކަށް ވާނަމެވެ. އަދި، ތިބާގެ މި އިޙުސާންތެރިކަން، އަހުރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ.“
އެ ކުޑަކުއްޖާއަކީ އަކީ ކާކު ހެއްޔެވެ. އެކުއްޖާއަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ 25 އަހަރު ފަހުން ރޮނާލްޑޯ، އޯގާތެރިކަމުގެ ގޮތުން އޭނާއަށް ހިލޭ ބާރގާރ ކާން ދިން، އަންހެން މީހާއާ ބައްދަލުކުރިއެވެ. އަދި އޭނާއަށް ރެސްޓޯރެންޓެއް ހަދިޔާއަކަށް ދިނެވެ. އަބަދުވެސް އޯގާތެރި ވާށޭ ބުނެވެނީ އެހެން ވެގެންނެވެ. މީހަކަށް އޯގާތެރިވުމަކީ، ފަހަރެއްގައިވެސް ގެއްލިގެންދާނޭ ޢަމަލެއް ނޫނެވެ.
ދާދިފަހުން، ވެނެޒުއެލާއަށް ކުރިމަތިވި ބިންހެލުމާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ވާހަކަ ދައްކަވަމުން، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވިއެވެ.
”ޕޯޗުގަލްގެ ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމުގެ ދަށުން ކާނާއާއި، ބޭހާއި، އަންނައުޱާއި، އެހެނިހެން ސާމާނު ލިބިފައިވެއެވެ. އެހީގެ ތަކެތި ފޮނުވާފައިވަނީ ދެ މަތިންދާ ބޯޓްގައެވެ. ޤައުމެއްގެ ގޮތުގައި ރޮނާލްޑޯއަށް ޝުކުރު އަދާކުރާނޭ ލަފުޒުތަކެއް އަޅުގަނޑުގެ ދުލަކު ނެތެވެ. އަޅުގަނޑުމެންނަށް ހަމައެކަނި ކުރެވޭނީ ދުޢާއެވެ. މާތް ކަލާނގެ، ރޮނާލްޑޯއަށް ސުވަރުގެއިން ޚާއްޞަ މަޤާމެއް މިންވަރުކޮށް ދެއްވާށިއެވެ. އަދި މި ދުނިޔޭގައި އޭނާގެ ނަން މަތިވެރި ކުރައްވާށިއެވެ.“






