ޑިސެމްބަރ 23, 2024 16:19

އުދުހޭ ބޯޓު ދުއްވަނިކޮށް، ތުރުކީ އެއާލައިންގެ ޕައިލެޓް މަރުވެއްޖެ

އަބްދުލް މުހުސިން
އޮކްޓޯބަރ 9, 2024

ތުރުކީ އެއާލައިންސްގެ ޕައިލެޓަކު އުދުހެމުން ދަނިކޮށް މަރުވެއްޖެއެވެ. ތުރުކީގެ ގައުމީ އެއާލައިންގެ އުދުހޭ ބޯޓެއް އުދުހެމުން ގޮސް ކުއްލި ގޮތަކަށް ނިއުޔޯކަށް ޖައްސަން މަޖުބޫރުވީ ޕައިލެޓު މަރުވުމުން ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެއާލައިންގެ ތަރުޖަމާނު ޔަހްޔާ އުސްޓޫން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޓީކޭ 204ގެ ދަތުރުގެ ބޯޓު ނިއުޔޯކަށް ޖެއްސީ، އެމެރިކާގެ ހުޅަނގު އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ސީއެޓްއެލް އިން އިސްތަންބޫލަށް އުދުހިފައި ދަނިކޮށެވެ.

މަރުވެފައިވާ ޕައިލެޓަކީ، ޓާކިޝް އެއާލައިންސްގައި 2007 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އުމުރުން 59 އަހަރުގެ މީހެކެވެ. އޭނާ  މާޗް މަހު ހެދި މެޑިކަލް ޓެސްޓުން ފާސްވެފައި ވެއެވެ.

މި ލިޔުމާ ގުޅޭ