އއ. ގަންގެހި ރިސޯޓުގެ ބޭރަށް ސްނޯކްލިންނަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ އޮކްޓޯބަރ ތޭރަވަނަ ދުވަހުގެ އެގާރަގަޑި ބާވީސް އެހައިކަންހާއިރުއެވެ.
އޭނާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމީހާއަކީ އއ. ރަސްދޫ ގެސްޓުހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭނާގެ އުމުރަކީ ހަތާވީސް އަހަރެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.






