ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރެއްގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށްބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ މެންބަރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި މެންބަރުންގެ ނަންތައް ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:
- ހަސަން ޒުހެއިރު މުހައްމަދު ގ. މާވާރުލު
- އާއިޝަތު އާދަމް ރިވެލި ރ. އަލިފުށި
- އިބްރާހިމް ޝަރީފް ގ. އަލިޝާ
- ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ ގއ. ނިލަންދޫ
- އަހުމަދު ސައީދު މ. ފަތްކޯނި ހުޅަނުބައި
- އަބްދުﷲ އަބްދުލްހަކީމް އަޒާން ޕެލަސް ޅ. ނައިފަރު
- މުހައްމައު އަމީން ޒާހިރު ނީލާ ސ. ހިތަދޫ
- މުހައްމަދު ފާރިސް ތޯހާ ހ. ސޯސަން
- އަބްދުލްގަނީ މުހައްމަދު ހ. ހޮސްސައިޑް
- އަހްމަދު އަލީ ހުޅުމާލެ ފްލެޓް
- އަލީ ރިޒާ އިސްމާއީލް ހުޅުމާލެ ހިޔާ 2
- ފާތުމަތު ޝަފީނާޒް ހުޅުމާލެ ގޯތި 11021
- މަޖީދު އަލީ މަތަރެސްމާގެ ގއ. ދާންދޫ
މީގެ ތެރެއިން ޓްރައިބިއުނަލަށް އައްޔަންކުރަން ބޭނުންވާ ހަތަރު މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އެކަމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ނަން ފުޅުތައް އިތުރަށް ދިރާސާކުރުމަށް މަޖިލިސް ރައީސް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފައެވެ.






