އަންހެނުންނަށް ޚާއްސަކޮށްގެން ސްޓެލްކޯއިން ކޯހެއް ހިންގަން ނިންމައިފިއެވެ. ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން’ގެ ނަމުގައި ކުރިއަށް ގެންދާ މި ކޯހަކީ ކަރަންޓާ ގުޅޭ އަސާސީ ކަންކަން ކިޔަވައިދިނުމަށް ޚާއްސަ ކޯހެކެވެ. އެ ކޯސް ފެށުމަށް ސްޓެލްކޯއިން މިހަރު ގެންދަނީ ތައްޔާރުވަމުންނެވެ.

”މި ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި. ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މަޢުލޫމާތު މި ކޯހުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައި،“ ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވައި، އެ ދާއިރާގައި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ހިންގާ ކޯހެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.






