ޓެކްސް ޓްރައިބިއުނަލަށް އައްޔަންކުރަން ހަތަރު ބޭފުޅެއްގެ ނަން ފާސްކޮށްފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 24, 2024

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

ފަސް މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވީ، އެ ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ މެންބަރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން، އެ މެންބަރުން ވަކިކުރުމުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް ކުރިމަތިލާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި ފުރުސަތުގައި އެކަމަށް ކުރިމަތިލި 13 ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވެވިއެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ނަންތައް:

  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު
  • އާއިޝަތު އާދަމް، ރިވެލި، ރ. އަލިފުށި
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ
  • އަހުމަދު ސައީދު، މ. ފަތްކޯނި ހުޅަނުބައި
  • އަބްދުﷲ އަބްދުލްހަކީމް އަޒާން، ޕެލަސް، ޅ. ނައިފަރު
  • މުހައްމައު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ
  • މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
  • އަބްދުލްގަނީ މުހައްމަދު، ހ. ހޮސްސައިޑް
  • އަހްމަދު އަލީ، ހުޅުމާލެ ފްލެޓް
  • އަލީ ރިޒާ އިސްމާއީލް، ހުޅުމާލެ ހިޔާ 2
  • ފާތުމަތު ޝަފީނާޒް، ހުޅުމާލެ ގޯތި 11021
  • މަޖީދު އަލީ، މަތަރެސްމާގެ، ގއ. ދާންދޫ

މި ނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައި އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތައް، އެއްމެ މަތިން މާކްސް ލިބުނު ތަރުތީބުން މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ އޭގެ ތެރެއިން ހަތަރު ބޭފުޅުންގެ ނަން މަޖިލީހުން ފާސްކުރުމަށްޓަކައެވެ.

އެންމެ މަތިން މާކްސް ލިބުނު ފަރާތްތައް:

  • އަބްދުލްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް 93 ޕަސެންޓް
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ 84 ޕަސެންޓް
  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު 83 ޕަސެންޓް
  • މުހައްމައު އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ 78 ޕަސެންޓް
  • އަބްދުﷲ އަބްދުލްހަކީމް އަޒާން، ޕެލަސް، ޅ. ނައިފަރު 76 ޕަސެންޓް
  • އަލީ ރިޒާ އިސްމާއީލް، ހުޅުމާލެ ހިޔާ 2 76 ޕަސެންޓް
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ 75 ޕަސެންޓް

އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޓްރައިބިއުނަލަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ބޭފުޅުން:

  • އަބްދުލްގަނީ މުހައްމަދު، ހ. ހޯސްޓްސައިޑް 93 ޕަސެންޓް
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ 84 ޕަސެންޓް
  • ހަަސަން ޒުހެއިރު މުހައްމަދު، ގ. މާވާރުލު 83 ޕަސެންޓް
  • ޝިފްޒާ އަބްދުލްގައްޔޫމު ގަސްދޮށުގެ، ގއ. ނިލަންދޫ 75 ޕަސެންޓް

މި ލިޔުމާ ގުޅޭ