ސްޓެލްކޯގެ ތާރީޚުގައި ފުރަތަމަފަހަރަށް ސްލޯގަން އެއް ތައާރަފްކޮށްފި

މުހައްމަދު އަލީ
އޮކްޓޯބަރ 27, 2024

ސްޓެލްކޯ އިން ބޭނުންކުރާނެ ސްލޯގަންއަކީ ”ތަރައްޤީގެ ބައިވެރިޔާ“ ކަމަށް ނިންމައި، އެކުންފުނީން އެކަން އިޢުލާނުކޮށްފިއެވެ. މި ސްލޯގަން އިފްތިތާޙުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މިއީ ސްޓެލްކޯގެ ތާރީޚުގައި މިފަދަ ސްލޯގަންއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ ޑިސެންބަރު މަހު އެކުންފުންޏަށް 75 އަހަރު ފުރޭނެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ހިއްސާ ކަމަށެވެ.

ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން  1949 އިން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާކަން ވެސް ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ