ހުޅުމާލެ ފޭސް ދޭއް/ފޮޓޯ ހިރިނިއުސް

ފްލެޓް ލިސްޓް ނެރުން އަނެއްކާ ފަސްކޮށްފި، އަންނަމަހު ނެރެނީ ވަގުތީ ލިސްޓް

އަހުމަދު މުހައްމަދު
އޮކްޓޯބަރ 28, 2024

’ގެދޮރުވެރިޔާ ސްކީމް’ގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަން ފަށާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުން އަނެއްކާވެސް އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓާ މެދު އާންމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ރައީސް އެކުލަވާލައްވާފައިވާ ހައުސިން އެޑްވައިޒަރީ ކޮމިޓީ އަދި ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީން ހުރިހާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން  ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އަލުން އިވެލުއޭޓް ކުރުމަށް އަދިވެސް އިތުރުވަގުތު ބޭނުންވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން މިނިސްޓަރީން ބުނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ މި މަސް ނިމުމުގެ ކުރިން ފްލެޓް ލިސްޓް އާންމު ކުރާނޭ ކަމަށެވެ.

މި ލިޔުމާ ގުޅޭ