މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އަޙްމަދު ޝަރީފް ނަފީސެވެ. އޭނާއަކީ ގިނަދުވަސްތަކެއް ވަންދެން އެ މިނިސްޓްރީގެ ސީނިއަރ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރޖެނެރަލްގެ މަގާމުގައެވެ.
ޝަރީފާ މަގާމަށް އައްޔަން ކުރައްވައި ލިޔުން ހަވާލު ކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.






