ޝަހީދުންގެ އާއިލާތަކަށް އެލަވަންސެއް ދެއްވަނީ

މުހައްމަދު އަލީ
ނޮވެމްބަރ 4, 2024

ޝަހީދުންގެ ޢާއިލާތަކަށާއި، 3 ނޮވެމްބަރުގެ މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބިވަޑައިގަތް 5 ބޭފުޅުންނާއި، މެޑަލް ފޯ ބްރޭވަރީ ލިބިވަޑައިގެންފައިވާ 10 ބޭފުޅުންނަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެދުވަހާ ގުޅިގެން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އެލަވަންސް ދެއްވަން ފަށްޓަވާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. މި އެލަވަންސް ދެއްވަމުން ގެންދަވާނީ، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުން ކުރާ މި ފަދަ ކަމަކުން، ޝަހީދުންގެ ޖިހާދުގެ އަގެއް ނުދެއްކޭނޭ ކަމަށާއި، ޢާއިލާތަކުގެ ހިތާމަތައް ފިލުވައި ނުދެވޭނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ދައުލަތުން، ކުޑަމިނުން، މި ވަރު ކޮށްދޭން ވާނޭކަމުގައި ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ