ހުޅުމާލޭގައި ރޭ މީހަކު ރަހީނުކޮށް ކާރެއްގެ ތެރޭގައި ގެންގުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ވަނީ ހައްޔަރުކޮށްގެން ގެންގުޅުނު މީހާއަށް ބިރުދައްކައި އަނިޔާ ކޮށްފައި ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި ފައިސާއަށް ވެސް މި މީހާވަނީ ޑިމާންޑުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލޭ ދަފްތަރު ނަމްބަރު އާރުއެސް 9022 ތޮލާލް މޫސާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 37 އަހަރުގެ މީހެކެވެ.
މިހާދިސާ ހިންގާފައިވަނީ ހުޅުމާލޭ އޮކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ބަލަމުންދާ ކަމަށެވެ.
މާލޭގައި މިފަދަ ކަންކަން މިދުވަސްވަރު ވަނީ އިތުރުވެފައެވެ. އެއާއެކު ފުލުހުން ވެސް ގެންދަނީ ކުރިއަށްވުރެ ބޮޑަށް މާލެތެރެ ބެލެހެއްޓުން އިތުރު ކޮށްފައެވެ.






