ޑަބްލިއުސީއޭގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މުހައްމަދު އަލީ
ނޮވެމްބަރ 18, 2024

މެލޭޝިއާގެ ލީޑިން އެއާ ކާގޯ ޗާޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވޯލްޑް ކާގޯ އެއާލައިންސް (ޑަބްލިއުސީއޭ) ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

ގިނަ އަދަދެއްގެ ކާގޯއާއެކު ފުރަތަމަ ފުލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު  14:15 ގައެވެ. ރާއްޖެއިން ފުރާފައިވަނީ 15:45 ގައެވެ.

މި ބޯޓު ރާއްޖެ މިއައީ މެލޭޝިއާއިންނެވެ. މިއެއާލައިން މެދުވެރިކޮށް މެލޭޝިއާގެ އިތުރުން ބަނގްލަދޭޝް، ތައިލެންޑް، ސިންގަޕޫރުން ހެޔޮ އަގުގައި ރާއްޖެއަށް މުދާ ގެނެވޭނެއެވެ.

މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އޮންނާނީ ކޮންމެ ހަފްތާއަކު ހޯމަ އަދި ހުކުރު ދުވަހުއެވެ.

އެއާލައިންގެ ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ރާއްޖެއަށް ފަށާނޭ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިއީ ދިވެހި ވިޔަފާރިވެރީންނަށް ލިބިގެންދާނޭ ވަރަށްބޮޑު ލުއި ފަސޭހައެކެވެ. މި ފުލައިޓުގެެ ޖެނެރަލް ސޭލްސް ސާވިސް އެޖެންޓަކީ އަލޯޒީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑެވެ

މި ލިޔުމާ ގުޅޭ