ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ އިތުރުން ހަފްލާތަކަށް ގެންނަ ސަޔާއި ކެއުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ބައްދަލުވުމުގައި މެންބަރުންގެ ކެއުމާއި ސައި ބަހައްޓަންޖެހޭނީ މަޖިލިސް މުވައްޒިފުންނާ ތަފާތު ކޮށްތޯ، ސުވާލު ކުރެއްވުމަށްފަހު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.
އެއަށްފަހު ކޮމިޓީ ސިއްރު ކުރަން ފާސްކުރިއެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ މެންބަރުންގެ ކެއުމަށް ކޮންމެ މެންބަރަކަށް ދުވާލަކު 159.87 ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމާ ގުޅިގެން، އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ މަޖިލިސް މެންބަރުންގެ ކެއުމާއި ސަޔާބެހޭގޮތުން ކޮންކަތައްތަކެއް ހަމަޖެއްސުމަށް، އަދި ކޮންފަރާތަކުންކަމެއް ސާފުވެފައެއް ނުވެއެވެ.






