މިއަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި އިތުރުވެއްޖެ

އަހުމަދު މުހައްމަދު
ނޮވެމްބަރ 25, 2024

މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 190 މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު އިތުރު އަދަދެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅޭ ގިނަ މައްސަލަތަކަކީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރު މަސްތުވާތަކެތި އެތެރެކުރުމުގެ 17 މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު 112.5 ޕަސަންޓު އިތުރުވެފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. މިއީ ފުލުހުންނާއި ކަސްޓަމްސްއިން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައުލޫމާތު ޕީޖީ ހާމަކުރެއްވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޯ.ޕީ.ޑީ.އޭ.ޓީ އިން ބޭއްވި ”ސައުތު އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް“ ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ލިޔުމާ ގުޅޭ