ބުޅާފެސިލިޓީގެ ޚިދުމަތް ޑިސެންބަރުގައި ފަށައިގަނެވޭނެ

މުހައްމަދު އަލީ
ނޮވެމްބަރ 25, 2024

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ބުޅާ ފެސިލިޓީގެ ޚިދުމަތް އަންނަ ޑިސެންބަރު މަސްތެރޭގައި ފެށޭނޭ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ.

އެތަނުން ބުނީ ބުޅޭ ފެސިލިޓީގެ ޚިދުމަތް ފެށޭނީ ޑިސެންބަރު ފުރަތަމަ ހަފްތާތެރޭގައި ކަމަށެވެ. އެތަނުގެ ޚިދުމަތް ފަށައިގަތުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންއަންނަ ކަމަށް ސިޓީކައުންސިލުން ބުންޏެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ އެތަނަށް ބޭނުންވާ މީހުނާއި ތަކެތި ހޯދުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެއެވެ.

މިތަނަކީ މާލޭ ސިޓީކައުންސިލާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ ތަނެކެވެ. އެތަން ތަރައްގީ ކުރަނީ ފަސް ހާސް އަކަފޫޓުގެ ބިމެއްގައެވެ. މިއީ މާލެތެރެއަށް ގިނަވެފައިވާ ބުޅާތަކަށް ހިމާޔަތް ދިނުމަށް ހަދާތަނެކެވެ.

 

މި ލިޔުމާ ގުޅޭ