މާފަންނު ނިޔަދުރުމާގޭގެ ދިހަވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ރޯވި އަލިފާން، ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަސްގަޑި ފަންސާސްފަހެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ ހަތްގަޑި ސާޅީސް ފަހެއްގައި ކަމަށް ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.






