މާލޭގެ މަގުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މާލޭސިޓީކައުން ސިލުން ފަށައިފިއެވެ. އެގޮތުން ހަވީރީހިނގުން،ޗާނދަނީ މަގު، މަޖީދީ މަގު ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށައިފައި ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.
މޭޔަރު އާދަމް އާޒިމް ވިދާޅުވީ،މި މައްސަލައަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައަކަށް ވާތީ، ވީހާ ވެސް އަވަހަށް މި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މޭޔަރު ވިދާޅުވީ މި މަސައްކަތުގެ ދަށުން އަމީނީމަގާއި ޗާންދަނީމަގު ފަދަ ބޮޑެތި މަގުތައް މަރާމާތުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި، ބޭނުވާ ބޮޑެތި ޕަންޕުތައް ހޯދުމަށް އޯޑަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި ޕަންޕުތައް ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރުމަށް ރާވާފައިވާ މަސައްކަތްތަކެކެވެ. މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ، ކައުންސިލުގެ ޒިންމާއެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. މި މަސައްކަތުގައި ކައުންސިލް މެންބަރުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.






