މާފަނު ޝަހީދު އަލީ ގޯޅިގައި ހުރި ކެފާއެއްގައި މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ މި މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް މިހާރުދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. އެމހާއަށް ލިބިފައިވާ އަނިޔާގެ އެއްވެެސް މައުލޫމާތެއް އަދި ނުލިބެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މި މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.






